މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ 90 އިންސައްތައަށްވުރެ ގިނަ މުވައްޒަފުން ވެކްސިން ޖަހައިފިއެވެ.

ފުލުހުންގެ އިދާރާގެ 90 އިންސައްތައަށްވުރެ ގިނަ މުވައްޒަފުން ވެކްސިން ޖެހިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.

ކޮމިޝަނަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ފުލުހުންނާއި މަދަނީ މުވައްޒަފުން ހިމެނޭހެން 92 އިންސައްތަ މުވައްޒަފުން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ.





ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ވެކްސިން ޖަހާފައިވާއިރު، ފުލުހުންގެ ލެބޯރެޓަރީގައި ދަނީ ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ކޯވިޑްގެ ޕީސީއާރު ޓެސްޓްވެސް ހަދަމުންނެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ޖުމްލަ 220،768 މީހަކު ރާއްޖޭގައި ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފުލުހުންގެ އިތުރުން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކު މިހާރުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި އެއަރޕޯޓާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން