ލޯކަލް ކައުންސިލް އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ރަން ނޫން އެހެން ތަންތަނަށް ރީ-ރަޖިސްޓްރީކުރި މީހުންގެ ތެރެއިން ވޯޓްގެ ސިއްރުކަން ގެއްލޭ މީހުން އަލުން ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ރަން ނޫން އެހެން ތަންތަނަށް ރީރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން 8000 މީހެއް ރަޖިސްޓްރީކުރި ތަނުގެ ގޮތުން ވޯޓްގެ ސިއްރުކަން ގެއްލޭކަމަށެވެ. އެހެންކަމުން އެފަރާތްތަކުން އެހެން ފޮށްޓަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ޢާންމުކޮށްފައިވާކަމަށެވެ. އަދި އެ ލިސްޓު ކޮމިޝަނުގެ ވެބްސައިޓްގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށްވެސް އީސީން ބުނެފައި ވެއެވެ.



އީސީން ބުނީ އެ ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، އެ އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނިކަމަށާއި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ، މި ފަރާތްތަކަށް ވޯޓު ލެވޭނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ނުވަތަ ރަށަށްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ހަމަވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު އެ ކޮމިޝަނަށް 26750 ފޯމް ވަނީ ހުށަހަޅާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރާއިރު، އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން