މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އަބްދު ﷲ ޝާހިދު، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ކެރޮން ރޮސްލާއާއި ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ގުޅުން ވަރުގަދަކުރުމަށް މަޝްވަރާތައް ކުރެވިފައިވެއެވެ. އަދި ހާއްސަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކާއި، މިސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމާއި، އަދި ކައުންޓަރ ޓެރެރިޒަމްފަދަ ދާއިރާތަކުން އެކުގައި މަސައްކަތްކުރެވޭނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ.

މީގެއިތުރުން ހަމަމިބައްދަލުވުމުގައި މިނިސްޓަރ އަދި ހައިކޮމިޝަނަރ ވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ރައްކާތެރިކަމަށް ކުރެވޭ މުހިންމު މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.

މިބައްދަލުވުން ނިންމަވާލައްވާފައިވަނީ އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ގާތްގުޅުން ދެމެހެއްޓުމުގެ ޔަގީންކަމާއެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ކަފުލޯކަށި

25-Mar-2021

ބޭރުދައުލަތްތަކަށްގޮސް ސަލާންޖަހައިގެންވާމޮޅެެއްނެތް ކާޑުކޮޅުވެސްގެންނަނީ ރައްޔިތުންވިއްކާލައިފާ ދަރައްޔަން


-8

ކަފުލޯކަށި

25-Mar-2021

ބޭރުދައުލަތްތަކަށްގޮސް ސަލާންޖަހައިގެންވާމޮޅެެއްނެތް ކާޑުކޮޅުވެސްގެންނަނީ ރައްޔިތުންވިއްކާލައިފާ ދަރައްޔަން



ޓްރެންޑިން