މި އަހަރުގެ ރަމަޟާން މަހުގެ ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.
ރަމަޟާން މަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވި ކަމުގައިވިޔަސް ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައިވުމާއެކު، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރައްވަމުން ގެންދެވުމުގައި އެއޮފީހުން އަންގަވާފައިވާ ގޮތަށް އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު