ހަނިމާދޫ އެއާޕޯޓް އޮންނާނެ ގޮތުގެ ކުރެހުމެއް
ހަނިމާދޫ އެއާޕޯޓް އޮންނާނެ ގޮތުގެ ކުރެހުމެއް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން މަރުޙަލާ ފަށައިފިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. މީގެއިތުރުން 624,000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މިމަޝްރޫޢުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކުރެވިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަޝްރޫޢަށް ކުރިމަތިލާން ބޭނުންވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެގްޒިމް ބެންކުން މިހާެރު ހުޅުވާލާފައިވާކަމަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބީލަން މަރުޙަލާ މިހާރު ފަށާފައިވާއިރު، އެމަސައްކަތް މިއަހަރުގެ ޖުލައިމަހުގެތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.



ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން ބޮޑެތި އެއަރކްފާރްޓްތަކަށް އެއަރޕޯޓް ބޭނުންކުރެވި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ،

1.3 މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށް އަލަށް ތަރައްޤީކުރާ ހަނިމާދޫ އެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ "މަޑި" ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ.

ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ހަނިމާދޫ އެއަރޕޯޓް ތަރައްްޤީކުރެވެމުންދާއިރު އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން