ރިސޯޓު ތަރައްޤީކުރުމަށް އުފައްދާފައިވާ ސަރުކާރު ހިއްސާވާ ޖޮއިންޓް ވެންޗަރތަކުގެ ސަރުކާރުގެ ހިއްސާ ވިއްކުމާބެހޭ ޤަވާއިދު ގެޒެޓްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ މި ޤަވާއިދުގެ ދަށުން ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ބިންބިމާއި، ފަޅުތަކާއި، ރަށްތައް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލެވިދާނެއެވެ. އަދި އެކަން ކުރެވޭނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބެލުމުގެ ދަށުން، ރައީސުލްޖުމުހޫރިއްޔާގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން ނިންމައިގެންކަމަށް މިޤަވާއިދުގައިވެއެވެ. މިގޮތުން ވިއްކާލެވޭ ހިއްސާ އަގުކުރާނީ ކުއްޔަށް ދޫކުރެވިފައިވާ ތަނުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ، ކޮންމެ އިންސައްތައަކަށް ފަސް އެމެރިކާ ޑޮލަރުގެ މަގުން އަގުކުރުމަށްފަހުއެވެ.
މިޤަވާއިދުގެ ދަށުން ހިއްސާ ބަދަލުކުރެވޭނީ ދިވެހިރާއްޖޭ ޓުއަރިޒަމާއި ބެހޭ ޤަނޫނަށް ގެނައި 10 ވަނަ އިސްލާހަށް އަމަލު ކުރުމުގެ ކުރިން އުފެދިފައިވާ ކުންފުންޏެއް ކަމުގައި ވާނަމައެވެ. މީގެ އިތުރުން އެކުންފުންޏަކީ އެކުންފުނީގެ އަސާސީ ޤަވާއިދުގައި އަދި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި މި ބޭނުމަށް އުފެދިފައިވާ ކުންފުންޏެއްކަން ބަޔާންވެފައި އޮންނަން ޖެހޭނެއެވެ.
ސަރުކާރު ހިމެނޭ ގޮތަށް ޖޮއިންޓްވެންޗަރ ދަށުން ރިސޯޓުތައް ތަރައްޤީ ކުރުމަށް ހަދާފައިވާ ކުންފުނިތަކުން ހިއްސާ ވިއްކާލުމުގެ އިޙްތިޔާރު ޓުއަރިޒަމް ޤާނޫނަށް އެންމެފަހުން ގެނައި އިސްލާހުން ސަރުކާރަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު