ކޯލިޝަން ލީޑަރުންނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ 2018ގެ ރިޔާސީ ކެންޑިޑެސީ އެމްޑީޕީއަށް ދެއްވުން ކަމަށް، މަޤާމުން ދުރުކޮށްފައިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ ދިމާވި ދައްޗަކީ އެމްޑީޕީގެ ސިޔާސަތުތަކާއި ދުރު ރައީސް މައުމޫންގެ ވަޒީރަކަށް އެ މަޤާމު ލިބުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެން އެވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެކަމަށް ފާޑުވިދާޅުވަމުން މަލީހު ވިދާޅުވީ، އެމްޑީޕީގައި ވެރިކަން ކުރުމުގެ ފަންނުވެރިކަން އަދި އަށަނުގަންނަކަމަށާ ތަޢުލީމީ އެ ފެންވަރު ހުރި ބޭފުޅަކު އެމްޑީޕީގެ ކުރީ ސަފުން ނުފެންނަކަމަށެވެ.

"ކޯލިޝަން ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެމްޑީޕީއަށް 2018 ގެ ރިޔާސީ ކެންޑިޑެސީ ދޫކޮށްލެއްވުން. އެމްޑީޕީގަ ވެރިކަން ކުރުމުގެ ފަންނުވެރިކަން އަދި އަށަނުގަނޭ. އެފަދަ ލީޑަރެއް ނެތް. ތަޢުލީމީ އެފެންވަރު ހުރި ބޭފުޅަކުވެސް ކުރީ ސަފުން ނުފެނޭ. ޤައުމު މިއޮތީ ފުލުސްޓޮޕެއްގަ." މަލީޙް ވިދާޅުވިއެވެ.

މަޤާމުން ވަކިކުރިފަހުން މަލީހު ގެންދަވަނީ މިސަރުކާރުގެ ސިޔާސަތުތަކަށް، ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހާއި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މަޖިލީހުގެ ތަޅުމުގައި މަލީހު ދެއްކެވި ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރު ކުރުމުން ވެސް މެންބަރުންނަށް ގޮންޖައްސަވާލައްވައި އެމެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ނުދެއްވައި ދައްކަވާފައި ވަނީ ގާނޫނީ ހުއްޖަތްތަކެކެވެ. އެގޮތުން މަލީހު ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކައަކުން އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން