ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން. (ފޮަޓޯ: އެމްޓީސީސީ)
ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން. (ފޮަޓޯ: އެމްޓީސީސީ)
އެމްޓީސީސީ އިން ކުރިއަށްގެންދާ ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު، އެސަރަހައްދުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 22 މާރޗް 2021 ވަނަ ދުވަހު ފަށާފައިވާކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

32.4 މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭނެކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ހަމަ މިމަޝްރޫޢުގެ ދަށުން، މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭނެކަމަށް ކުންފުނިން ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން