ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް.
ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔޫ.އޭ.އީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ބޭބޭފުޅު، ދުބާއީގެ ޑެޕިއުޓީ ރޫލަރ އަދި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ފިނޭންސް، ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށް މިއަދު ފޮނުއްވި މެސެޖުގައި ދުބާއީގެ ޑެޕިއުޓީ ރޫލަރ އަދި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ފިނޭންސް، ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެ މަނިކުފާނަކީ އެ ޤައުމުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ފާހަގަކުރައްވާ، އެ މަނިކުފާނު ވަކިވެ ދިއުމުގެ އުނިކަން މުޅި ޔޫ.އޭ.އީ ގެ އިތުރުން މެދުއިރުމައްޗާއި މުޅި ދުނިޔެ ވެސް އިހުސާސްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ޔޫއޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

އުމުރުފުޅުން 75 އަހަރުގެ، ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. ޝައިޚް ހަމްދާން އަވަހާރަވުމާއި ގުޅިގެން 10 ދުވަހަށް އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ހަމަޖެހިފައިވެއެވެ.



ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް ވަނީ 1971 ވަނަ އަހަރުން ފެށިގެން ޔޫއޭ.އީގެ ފިނޭސް މިނިސްޓަރުކަން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން