އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް އޭސީސީއަށް ހާޒިރުވާން އަންގައިފިއެވެ.

މުއިއްޒު އަނެއްކާވެސް އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު، މިދިޔަ އަންގާރަދުވަހުވެސް އޭނާ ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު މިއަދު އޭސީސީއަށް ހާޒިރުވާން އަންގާފައި ވަނީ ހަވީރު 4:00 އަށެވެ. ނަމަވެސް އޭނާ އޭސީސީއަށް ހާޒިރުކުރަނީ ކީއްވެގެންކަމެއް ހާމައެއް ނުކުރެއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ އެންމެފަހުން އޭސީސީއަށް ހާޒިރުކުރީ ބްރިޖް ވިއު ޕްލެޓްފޯމާއި ބެހޭގޮތުން ސުވާލު ކުރުމަށް ކަމަށެވެ. މީގެކުރުން ހއ. ދިއްދޫގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތަކުގެ މައްސަލައިގައި ވެސް ޑރ. މުއިއްޒު އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރިއެވެ.

މުއިއްޒު ތުހުމަތު ކުރައްވާ ގޮތުގައި އިންތިޚާބާ ދިމާކޮށް އޭނާ އޭސީސީއަށް ހާޒިރުކުރަނީ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ނަމަވެސް އޭސީސީން ބުނަނީ މުއިއްޒު އޭސީސީއަށް ހާޒިރުކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނޫންކަމަށާއި، އިންތިޚާބަށް އިއުލާންކުރުމުގެ ކުރިންވެސް މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން