ހއ. ބާރަށު ކޯޓުގެ މެޖިސްޓްރޭޓްގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ހއ. ބާރަށު ކޯޓުގެ މެޖިސްޓްރޭޓް، އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީއާ ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅުނު މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ޢަބްދުލްޣަނީގެ މައްސަލަ ޖޭއެސްސީން ތަހުޤީގް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ ޤާނޫނުއަސާސީއާ ޚިލާފަށް ދިފާއީ ވަކީލެއްގެ ޙައްޤުނުދީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައެވެ.

މިމައްސަލަ ބެލުމަށްފަހު ޖޭއެސްސީން ބުނީ އިސް މެޖިސްޓްރޭޓް ޢަބްދުލްޣަނީ ޢަލީގެ ސުލޫކާ ގުޅިގެން ތަޙުޤީޤު ކުރިޔަށް ގެންދަން ޖެހޭފަދަ އެކަށީގެންވާ ތުހުމަތެއް އޮތްކަމަށް ތަޙުޤީޤު ކޮމިޓީއަށް ފާހަގަނުވާތީ، މި މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން