ކޮންސަލްޓެންޓް ނޫނީ އެޑްވައިޒަރުންގެ ނަމުގައި އާއިލާ މީހުންނަށް މަގާމުތަށް އުފައްދައިގެން ވެރިކަން ކުރުމަކީ ވަރަށް ހުތުރު އަދި ނާތަހުޒީބު ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން، ދިޔާނާ މިހެން ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ކޮންސަލްޓެންޓަކަށް ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ގިނަދުވަހު ހިދުމަތްކުރައްވާފައިވާ އެމްއޭސީއެލްގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ޞާލިހު އައްޔަނުކުރެއްވުމާގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ. މޫސާ ޞާލިހަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ބޮޑުބޭބޭ ފުޅެކެވެ.

މިކަމާގުޅިގެން ދިޔާނާ ވިދާޅުވީ ނެޕޮޓިޒަމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ހޯލްމާކެއް ކަމަށް ބުނެއުޅުނު ކަމަށެވެ. ނަމަވެސް މިއަދު އަނެއްކާވެސް މި ހުތުރު، ދިވެހިން ތަހައްމަލް ކުރަންޖެހުމަކީ ހިތާމައެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ގެންދަވަނީ ސަރުކާރުގެ ވަޒީރުންގެ އިތުބާރުނެތްކަމަށް ފާސްކުރުމުގައި ކަންކަން ކުރެވެމުންދާ ގޮތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައި ވަނިކޮށް އޭނާ ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގަތުމާއި މިފަދަ ކަންކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން