އިންޑިއާއިން ރާއްޖެއަށް އިތުރު ދެލައްކަ ވެކްސިން ޑޯޒް ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިކަން އިއުލާންކުރައްވާފައި ވަނީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 2 ލައްކަ ވެކްސިން ޑޯޒް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އިތުރު 2 ލައްކަ ޑޯޒް ވެކްސިން ދޭނެކަން އެޤައުމުގެ ސަރުކާރުން ރޭގެ ވަގުތެއްގައި އަންގާފައިވާކަމަށެވެ. ނަމަވެސް އެއީ ހިލޭ އެހީއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އިންޑިއާއިން އިތުރު 2 ލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ދިނުމަށް ނިންމާފައިވާއިރު، މީގެކުރިންވެސް އިންޑިއާއިން ވަނީ ރާއްޖެއަށް 2 ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް އިތުރު ދެލައްކަ ވެކްސިން ޑޯޒް ދިނުމަށް ނިންމާފައިވާއިރު، އިންޑިއާއިން ވަނީ ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓްކުރުން މިހާރު ހުއްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން