ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި ރ. މީދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަޑުއްވަރީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރުކޮށްފިއެވެ.

މި މާރިޗުމަހުގެ 24 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ދެ ފިރިހެނުންނާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެވެ. މި 8 މީހުންނަކީވެސް ދިވެހިންނެވެ.

މި އޮޕަރޭޝަނުގައި، ބ. ކުޑަރިކިލު ފަޅުގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވާއިރު، މި ދޯނި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މިމައްސަލަ ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން