އިންފޯމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ހައިކޯޓަށް ނެތްކަމަށް ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވީ މިމައްސަލަ އިސްތިއުނާފްކުރަން ނިންމީ ޤާނޫނުއަސާސީން ލިބިދޭ އިސްތިއުނާފްކުރުމުގެ ހައްޤު ގެއްލޭ ގޮތަށް މައްސަލަ ނިންމާފައިވާތީ، އާއްމު މަސްލަހަތަށް ބެލުމަށްފަހުކަމަށެވެ.
އިންފޯމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ހައިކޯޓަށް ނެތްކަމަށް ހައިކޯޓުން ނިންމީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ގައުމީ ފެންކުންފުނި، އެމްޑަބްލިޔުއެސްސީގެ މައްޗަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމެއް އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.
އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރީ އެމްޑަބްލިޔުއެސްސީގެ ވަޒީފާއިން ވަކިކުރި މީހަކު، ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އެފަރާތުން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމެވެ. އެމައްސަލަައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްޑަބްލިޔުއެސްސީއަށް އަންގާފައިވަނީ މައްސަލައިގައި ބަޔާންކުރާ އޮޑިޓް ރިޕޯޓް ހޯދަން އެދުނު ގޮތަށް އެ ރިޕޯޓް ދޫކުރުމަށެވެ.
އިންފޯރމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަނީ ވަރަށް ގިނަ ކަންކަމަށް ރިޔާޢަތްކޮށްފައެވެ. އެގޮތުން މިމައްސަލަ ބެލުމުގައި ހައިކޯޓަށް އޮތް އިހްތިސާސްއަށް ވަރަށް ފުޅާދާއިރާއެއްގައި ހައިކޯޓުގެ ހުކުމްގައި ރިޔާޢަތްކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުމުގައިވާ ގޮތުން ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިޚްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިވާ ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުންތޯ ބަލަންޖެހޭކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. މިގޮތުން ބަލާއިރު އިސްތިއުނާފްކުރެވުނު ނިންމުމަކީ ދަށު ކޯޓުން ނިންމި ނިންމުމެއް ނޫންކަމަށާއި އަދި އެއީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްކަމަށްވެސް ބެލޭނޭ ޖާގައެއް ނެތްކަމަށެވެ.
އެހެންކަމުން އެމްޑަބްލިޔުއެސްސީން ހައިކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލައަކީ، އެމައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިސާސް ޤާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައަކަށްވާތީ، އެމައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅާފައެވެ. އަދި ހައިކޯޓަށް ބެލުމުގެ އިޚްތިސާސް ނެތްކަމަށް ބަޔާންކޮށް ނިންމާ މި ބާވަތުގެ މައްސަލައެއް ސުޕްރީމްކޯޓުގައި އިސްތިއުނާފް ކުރުމުގެ ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.

ޤާނޫނުއަސާސީން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭ ގޮތަށް @mvhighcourt އިން ނަންބަރު 2020/HC-A/149 މައްސަލަ ނިންމާފައިވާތީ، ޢާންމު މަޞްލަޙަތަށް ބަލައި، ޤާނޫނުއަސާސީގެ 56، 133 ގެ (ރ) އަދި (ބ) އަށް ރިޢާޔަތްކޮށް އެމައްސަލަ @SCMaldives ގައި އިސްތިއުނާފުކުރަން ނިންމައިފީމެވެ.
— I Riffath (@ibriffath) March 25, 2021
އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރީ އެމްޑަބްލިޔުއެސްސީގެ ވަޒީފާއިން ވަކިކުރި މީހަކު، ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އެފަރާތުން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމެވެ. އެމައްސަލަައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްޑަބްލިޔުއެސްސީއަށް އަންގާފައިވަނީ މައްސަލައިގައި ބަޔާންކުރާ އޮޑިޓް ރިޕޯޓް ހޯދަން އެދުނު ގޮތަށް އެ ރިޕޯޓް ދޫކުރުމަށެވެ.
އިންފޯރމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަނީ ވަރަށް ގިނަ ކަންކަމަށް ރިޔާޢަތްކޮށްފައެވެ. އެގޮތުން މިމައްސަލަ ބެލުމުގައި ހައިކޯޓަށް އޮތް އިހްތިސާސްއަށް ވަރަށް ފުޅާދާއިރާއެއްގައި ހައިކޯޓުގެ ހުކުމްގައި ރިޔާޢަތްކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުމުގައިވާ ގޮތުން ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިޚްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިވާ ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުންތޯ ބަލަންޖެހޭކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. މިގޮތުން ބަލާއިރު އިސްތިއުނާފްކުރެވުނު ނިންމުމަކީ ދަށު ކޯޓުން ނިންމި ނިންމުމެއް ނޫންކަމަށާއި އަދި އެއީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްކަމަށްވެސް ބެލޭނޭ ޖާގައެއް ނެތްކަމަށެވެ.
އެހެންކަމުން އެމްޑަބްލިޔުއެސްސީން ހައިކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލައަކީ، އެމައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިސާސް ޤާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައަކަށްވާތީ، އެމައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅާފައެވެ. އަދި ހައިކޯޓަށް ބެލުމުގެ އިޚްތިސާސް ނެތްކަމަށް ބަޔާންކޮށް ނިންމާ މި ބާވަތުގެ މައްސަލައެއް ސުޕްރީމްކޯޓުގައި އިސްތިއުނާފް ކުރުމުގެ ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު