ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 2 ލައްކަ ވެކްސިން ޑޯޒް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޑޯޒް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ޗައިނާއިން ހަދިޔާކުރި ވެކްސިން ރަސްމީކޮށް ރާއްޖެއަށް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލި ޖޮންގްއެވެ. ރާއްޖެއިން ވެކްސިންއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމްއެވެ.

ޗައިނާ ވެކްސިން ރަސްމީކޮށް މިއަދު ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވާއިރު، ޗައިނާއިން ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ދެ ލައްކަ ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒްގެ ފުރަތަމަ ބެޗު ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސްފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓެއްގައި ސައިނޯފާމްގެ އެއް ލައްކަ ޑޯޒް ވެކްސިން ރޭ ގެނެސްފައިވާއިރު، އިތުރު އެއްލައްކަ ޑޯޒް މިމަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް ލިބޭނެކަމަށެވެ.



ރާއްޖޭގައި ސައިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އެއާއެކު ރާއްޖޭގައި ވަނީ ސައިނޯފާމް ވެކްސިންވެސް ޖަހަން ފަށާފައެވެ. މިހާތަނަށް އައިރު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ދެލައްކަ ސައުވީސް ހާހަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން