މަޑުއްވަރީ ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައި
މަޑުއްވަރީ ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައި
ރ. އަތޮޅު މަޑުއްވަރީގައި އާއްމުންގެ ބަޔަކު އެރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ, ފުލުހުންނާއި ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ދިހަ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަޑުއްވަރީގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ދިހަ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، މަޑުއްވަރީގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާ ދީފައިވާ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު މަޑުއްވަރީ ޕޮލިސް ސްޓޭޝަން ދޮށައް އެއްވެ ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީ ޕޮލިސް ސްޓޭޝަން ގެއްލުން ދިން ކަމަށް ބުނަނީ އެރަށުގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ނުކުރާކަމަށް ބުނެ އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެކުއްޖާ ގެސްޓް ހައުސް އަކަށް ގެންގޮސް ތިން މީހުންގެ ގުރޫޕަކުން އެކުއްޖާ ރޭޕްކުރުމުގައި އިސްކޮށް ހުރީ އެރަށު ސުކޫލު ޓީޗަރެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ނަމަވެސް ފުލުހުން ބުނަނީ ކުޑަ ކުއްޖަކު ރޭޕް ކުރިކަމާއި ތިން މީހަކު އެކަމުގައި ހިމެނޭ ކަމުގެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައި ނެތް ކަމަށެވެ. މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

މުޙައްމަދު ބަޝީރު

29-Mar-2021

ތިޔަ ބުނާ މައްސައިގައި ކުޑަކުއްޖާ ހަދަނީ ހުސް ދޮގު. ޓީޗަރު އެކްސް ޓަރާ ކުލާހަށް ކިޔޭ ބުނާއިރު ހެއްކެއް ނެތް. ފުލުސް މީހެއްގެ ވާހަކަ ދެއްކި އިރު އެ ގަޑީގައި އޭނާ ހުރީ ޑިޔުޓީގަ. ރޭޕްކުރީއޭ ބުނާ އިރު ގެސްޓުހައުސްއަށް ދިޔައީއެކްނި. ކުރިކަމެއް ކޮށްފައި ދިޔައީ އެކަނި. ގެސްޓުހައުސްއަށް ދިޔަކަންފަޅާއެރީމާ ވިހެއީ ބޮޑު ސްޓޯރީއެއް. އެއިން ފެނެއް ނުހިފަހައްޓާ.



ޓްރެންޑިން