އުތުރު ތިލަފަޅު އެއްބަސްވުމުގައި އޮތް އެއްޗަކަށްވުރެ، އެފަދަ އެގްރިމަންޓެއް އޮތުމުގެ ނުރައްކާތެރިކަން ބޮޑުކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކުރި އުތުރު ތިލަފަޅު އެއްބަސްވުން ނުވަތަ ޔޫޓީއެފް އެއްބަސްވުމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރަށްވާ، އަޑު އުފުއްލަވާ އެއް ބޭފުޅަކީ ދިވެހި ނެޝަނަލް އެކްޝަން، ޑީއެންއޭގެ ނަމުގައި ހަރަކާތެއް ފަށައިގެން އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ. ރާއްޖޭގެ ދިފާޢީ ބާރުން އިންޑިއާއާއެކު ހެދި މި އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއް ކަމަށް ބުނާ ލިއުމެއް ވެސް އުމަރުވަނީ މީސްމީޑިއާގައި ލީކްކޮށްލައްވާފައެވެ. ނަމަވެސް ދިފާޢީ ބާރުން ވަނީ އެކަން ދޮގުކޮށް އެވާހަކަ ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއްބަސްވުމުގައި ސޮއިކުރުންކަމަށެވެ. އަދި އެއްބަސްވުމުގައި އޮތް އެއްޗަކަށްވުރެ އެއްބަސްވުމުގައި ސޮއިކުރި ކުރުން މުހިއްމުކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ބޭރު ޤައުމަކުން ރާއްޖެފަދަ ކުޑަ ގައުމަކަށް ވަދެގަންނަން ބޭނުންކުރާނީ ސަރުކާރުގެ އެންޑޯޒްމަންޓެއްކަމަށާއި، އެއްބަސްވުމަކީ ބައިނަލްއަޤްވާމީ މުޖްތަމުޢުއަށް ދައްކާލަން ބޭނުންކުރާނެ އެއްޗެއްކަމަށެވެ.

"އެގްރީމެންޓްގައި އޮތީ ކޮން އެއްޗެއްތޯއަށް ވުރެ މުހިއްމީ އޭގައި ސޮއިކުރިކުރުން.. ޤައުމަކުން ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ވަދެގަންނަން ބޭނުންކުރާނީ ސަރުކާރުގެ އެންޑޯޒްމަންޓެއް... ޑޮކިއުމެންޓެއް ބޭނުންވަނީ އެމީހުން އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ދައްކާލަން.. މިއޮތީއޭ އެގްރީމަންޓް.. އޭގައި އޮތް އެއްޗެއް ބޭނުމެއް ނުވާނެ. ނުރައްކަލަކީ އެގްރިމެންޓެއް އޮތުން، އެގްރިމެންޓްގައި އޮތް އެއްޗެއް ނޫން." އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޔޫޓީއެފް އެއްބަސްވުމާއި ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރުން ދަނީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށް ނުރައްކަލެއް ނެތްކަމަށް ބުނަމުންނެވެ. ނަމަވެސް އަސްކަރިއްޔާގައި ކުރިން އުޅުއްވި ބޭފުޅުންނާއި ސަރުކާރުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބައެއް ބޭފުޅުން ގެންދަވަނީ އެއްބަސްވުމުގެ ތަފްސީލް ހާމަކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އެ އެއްބަސްވުން ހިއްސާ ކުރަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަކާލާތު ކުރަށްވާފައި ވަނީ އެ އެއްބަސްވުން މަޖިލީހާ ހިއްސާ ކުރުން ރަނގަޅު ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ދިއްލާލަބައްތިފޫކެޑުން

29-Mar-2021

އެއީގައްދާރުންވީމަ އެއީ ގައުމުގެހިޔާނާތްތެރިން


8

ދިއްލާލަބައްތިފޫކެޑުން

29-Mar-2021

އެއީގައްދާރުންވީމަ އެއީ ގައުމުގެހިޔާނާތްތެރިން



ޓްރެންޑިން