ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާ ހަވާލުކުރި ޒިންމާ އަދާ ނުކުރެއްވުނު ކަމަށް ވިދާޅުވެ އެދޭބެފުޅުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން ރިޔާސީ ކޮމިޝަނަށް ދިން ނަމަވެސް މައްސަލަތައް އެކަށީގެންވާ ގޮތެއްގައި އެ ކޮމިޝަނަށް ތަހުގީގު ނުކުރެވޭ ކަމަށް ބުނެ އެމްޑީޕީގެ އެންމެ އިސް ބޭފުޅުންގެ ފަރާތުންވެސް އެމީހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މީގެ އިތުރުން އޭސީސީން މައްސަލަތައް ތަހުގީގު ކުރުމުގައި ލަސްތަކެއް އުޅޭތީ އާއި އެކަށީގެންވާ ނަތީޖާ ނުނެރޭވެތީ ގިނަ ބަޔަކު އަންނަނީ އޭސީސީ އަށް ފާޑުކިޔަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ނިންމެވުމާ ގުޅިގެން ވެސް އޭސީސީއަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެއީ އޭސީސީން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގްކުރި މައްސަލައެކެވެ. އެތަށް ދުވަހެއް ފަހުން އެކޮމިޝަނުން ކުރި ތަހުގީގުން ޚިޔާނާތުގެ މައްސަލަ ސާބިތު ކުރެވޭ ވަރުގެ ހެތްކެއް ހޯދިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދަށާއި އޭސީސީގެ ރައީސް ޝިއުނާއަކަށް އެކަމެއް ނުވި ކަމަށެވެ. އަދި ސަރުކާރަށް ޖެއްސުން ކުރަން ނުތިއްބަވާ އިސްތިއުފާ ދެއްވުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ހަމަ މިމައްސަލައިގާ ވާހަކަ ދައްކަވަމުން ނިހާދު މީގެކުރިން ވަނީ ސަރުކާރު ބަދުނާމް ކުރަން މިނިވަން މުއައްސަސާތަކުގެ ވެރިން ނޫޅުއްވުމަށް ވެސް ގޮވާލައްވާފައެވެ.

"ގާނޫނީ ޒިންމާ އަދާކުރޭ. މިނިވަން ކަމާއި ގާނޫނީ ބާރު ވަނީ ދެވިފައި. މަރުތަކާއި ވައްކަމުގެ މައްސަލަތައް އަވަހަށް ނިންމަވައި ދެއްވާ،" އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނާއި ފުލުހުންނާއި އެޗްއާރުސީއެމް ފަދަ މުއައްސަސާތައް ޓެގް ކުރައްވައި ނިހާދު ޓުވީޓް ކުރެއްވިއެވެ.

އަލުން ވެންޓިލޭޓަރުގެ މައްސަލަ މުރާޖައާ ކުރުމަށް އޭސީސީން ފޮނުވުމުން ޕީޖީ ހުސެއިން ޝަމީމްގެ އެކަން މުރާޖައާ ކުރެއްވުމަށްފަހު ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭސީސީ އަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5

ދެ އައްލާ ދޭތެރައް ސެހެފެއި އޮއް އެއްތާ

29-Mar-2021

އޮއި ތަ ކިތަންމި ލޫދުމައް ލޫދެނަސް ތައްޓެއި ގަދަވޭނެއި އެވެރިން. ތަކީ އައްޑޫ ގޫބައްޑައް. ތަފިރިން ހެއިބަލިވެގެން ތެޅެނަސް ތަފިރިން ބާފެއި ތިބޭނެއި ވަކި ހިސާބަކި. އަމެއްލާއް ތިބެގެން ހަނާހުނިވެނީ.

-1

14

6

އިބްރާ

29-Mar-2021

އައްސަދާއި ޝިއުނާއަށް ނުވީކީނޫން. ރ ޔާމީނުގެ މައްސަލައެއް ފެންނަންނެތީ. ދޮގުހަދާ ސަރުކާރު

5

ބިރުބޮޑު

29-Mar-2021

ހުރިހާތަހުގީގެއް ކުރަންވީނު މުއަށްސަސާތަކުގައި އެމްޑީޕީ ސަރުކާރު ފިކުރުމީހުން ވިއްޔަ

ޓްރެންޑިން