ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ޢަބްދުﷲ ދީދީ
ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަކާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނުން ކަށަވަރުކޮށްދޭ އެތަކެއް ހައްގެއް ނިގުޅައިގަތުމަށްފަހު ބާއްވާ އިންތިޚާބެއް ދުސްތޫރީގޮތުން ޞައްޙަ ނުވާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ މިއަދު ވިދާޅުވީ ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލާއިއެކު ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތަކެއް ހައްގުތަކެއް ނިގުޅައި ގަނެވިފައިވާކަމަށެވެ. މިހާލަތުގައި ކައުންސިލް އިންތިޚާބު ބާއްވާއިރު، ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށާއި، ޕާޓީތަކަށާއި، އަދި ވޯޓުލުމަށް ޤާނޫނު އަަސާސީން ލިބިދޭ ހައްގުތައްވެސް، ކަށަވަރުކޮށްދޭން ޖެހޭކަމަށް ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.





އެގޮތުން ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއިއެކު ލޯކަލް ކައުންސިލް އިންތިޚާބު އެއް އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ޣައިރު ދުސްތޫރީ ވަގުތީ ޤާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި 18 އަހަރު ފުރި ވޯޓު ލުމުގެ ހައްގު ލިބިދޭ މީހުންނަށް އެހައްގު ނިގުޅައިގެންފައިވާކަން އަބުދު ﷲ ދީދީ ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ޤާނޫނީ ގޮތުން ބޮޑެތި ސުވާލު އުފެދޭ، ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ތަޢާރަޒުވާ ކަންކަން ކަމަށް ވާއިރު މިހާލަތުގައި ބޭއްވޭ އިންތިޚާބެއް ސައްހަވާނެ ގޮތެއް ނޯންނާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވިއެވެ.

"ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނާ، ވޯޓުދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު އެތައް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގެން ބާއްވާ އެއްވެސް އިންތިޚާބެއް ދުސްތޫރީގޮތުން ޞައްޙައެއް ނުވާނެ!" އަބުދު ﷲ ދީދީ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާއިރު ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތްކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. ކައުންސިލް އިންތިޚާބާއި ގުޅިގެން ޤާނޫނީ ގޮތުން އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެމައްސަލަ ކޯޓަށް ހުށައެޅުމަށްވެސް ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ދީދީ

29-Mar-2021

ދީދީ އެކަނި ދޯ ޤާނޫނު ދަންނަނީ؟ ފުރާޅުން ޓިނު ނެގުމާއި؟ ކުށްވެރިނުވާ މީހުން ކުށްވެރި ކުރުމާއި، ވިދާޅުވާ ގޮތަށް ޙުކުމް ކުރުން އެކަނި ދީދީމެންނަށް ދުސްތޫރުވާނީ.


0

މާސްޓަރ

29-Mar-2021

ޕީ.ޕީ.އެމް އަށް މިއިންތިޚާބު ކާމިޔާބު ނުވާނެކަން ޔަޤީން ވެއްޖެ.



ޓްރެންޑިން