މަޑުއްވަރީގައި ޖިންސީ ޝިކާރައަކަށްވި 14 އަހަރުގެ އަންހެން ކުއްޖާ މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ އެކުއްޖާ މާލެ ގެނައީ ޖިންސީ ގޯނާކުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ އިތުރު ކަންކަން ބެލުމަށްޓަކައި ކަމަށެވެ. އެގޮތުން އެ ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެން، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން، ޑިޕާޓްމަންޓުން މި މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށެވެ. އަދި މައްސަލަ ހުށަހެޅުމާއެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެރަށުގެ ޞިއްޙީ މަރުކަޒުގެ އިތުރުން، އެރަށް ހިމެނޭ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށްވެސް ދައްކާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ފުލުހުން ބުނީ، ކުއްޖާ މާލެ ގެނެސްފައިވަނީ ތަހުޤީޤަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށްޓަކައިކަމަށެވެ. އަދި ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައެކްރޭޓްރިސްޓަކަށް ދައްކައި އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ތަޙްޤީޤުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް ފުލުުހުން ބުނެފައި ވެއެވެ. ފުލުހުން މިހެން ބުނި ނަމަވެސް ހާދިސާ ހިނގާ ދިޔަތާ ދެހަފުތާ ވެގެންދާއިރު ތުހުމަތު ކުރެވޭ އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ. އަނިޔާ ލިބުނު ކުއްޖާއާއި ހަވާލާދީ އާއިލާއިން ވަނީ އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު ވެސް ހިއްސާކޮށްފައެވެ.



މަޑުއްވަރީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެކުއްޖާ ގެސްޓް ހައުސް އަކަށް ގެންގޮސް ތިން މީހުންގެ ގުރޫޕަކުން ރޭޕްކުރުމުގައި އިސްކޮށް ހުރީ އެރަށު ސުކޫލު ޓީޗަރެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ރަށުގެ މަސްލަޙަތު ގޯސްވެފައިވާއިރު މިހާރުވަނީ އެކަމާ ގުޅިގެން އެރަށުގައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޢަލީ

29-Mar-2021

ގެސްޓުހައުސް އަޢް އެކަނިދާނީ ތިހެން އުޅޭ ކުއްޖަކަށްވީމަ. 16 އަހަރުންދަށުގެ ހަށިވިއްކާ ކުދިންގެ އަދަދު ފުލުހުން ހާމަނުކުރަނީ ކީއްވެބާ.



ޓްރެންޑިން