އެންމެ އަންހެނެއްގެ ފަހަތުން 10 ފުލުހުން ދުވިއިރު އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކާ މީހުން މިއަދު ކޮބާތޯ ސުވާލުކުރައްވައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އިދިކޮޅުގެ މުޒާހަރާތައް ހުއްޓުވާން ފުލުހުން މަސައްކަތް ކުރާ ގޮތާއިމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާ ހުއްޓުވުމަށް ރައިޓްގިއަރުގައި ޝީލްޑް ހިފައިގެން ތިބި ގިނަ ޢަދަދެއްގެ ފުލުހުން، މުޒާހަރާކުރި އަންހެނެއްގެ ފަހަތުން ދުވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.



ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެ ވީޑިއޯ ޙިއްސާކުރައްވަމުން މޮސްޓާ ވަނީ އެއްމެ އަންހެނެއްގެ ފަހަތުން 10ވަރަކަށް ފުލުހުން އާރާ ބާރާއެކު ކުރިމަތިލުން އެއީ އެބުނާ ހަމަހަމަކަންތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އަދި އެއީ ފުލުހުން ލަދުގަންނަން ޖެހޭ ވަރުގެ ކަމެއްކަމަށް މޮސްޓާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ކޮންމެ ހުކުރުދުވަހަކު މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގައި ފުލުހުންދަނީ ގިނަ ބަޔަކު ހައްޔަރުކުރަމުންނެވެ. އެޗްޕީއޭގެ ގަވާޢިދާ ޚިލާފު ވީކަމަށް ބުނެ އެމީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލި ނަމަވެސް އިދިކޮޅުން މަގުމައްޗަށް ނުކުންނަ މަދު މީސްކޮޅު މައިތިރިކުރަން އޭގެ ދިހަވަރަކަށް ގުނަ ފުލުހުން ނުކުމެ ބާރުގެ ބޭނުން ކުރަމުން ގެންދާތީ ގިނަ ބަޔަކު އެކަމަށް ޖޯކު ޖަހައި ފާޑުކިޔަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އައި

29-Mar-2021

ބްރޯޑް ކޮމް އަށް ޝިފްޒާ ނުހޮވުން ވެސް އެއީ ހައްގު ތައް ހަލާކު ކުރުން.


-7

އެޑީ

29-Mar-2021

ދިހަ ފުލުހުން ވިޔަސް ވިހި ފުލުހުން ވިޔަސް ފަހަތުން ދުވީ، މިސްކިތުގަ އިންދާތަ



ޓްރެންޑިން