މަގުމަތީގައި ކުނި ބަހައްޓާ މައްސަލަ ހައްލުކުރުމުގެ ބާރު އޮތީ ސިޓީ ކައުންސިލަށް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް މަތީގައި ކުނި ބަހައްޓާ މައްސަލަ ބޮޑުވެފައިވާއިރު، މޭޔަރު ސިފާ ވިދާޅުވީ، މަގުމަތީގައި ކުނި ބަހައްޓާ މީހުން ޖޫރިމަނާކުރުމުގެ ބާރު އަދިވެސް އޮތީ އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓުގެ ދަށުން އީޕީއޭގައި ކަމަށެވެ.

ޝިފާ ވިދާޅުވީ ހުޅުމާލެ ވިލިމާލެ އަދި މާޅޭގެ ވެށި ސާފުކޮށް ބޭއްވުމަށް ޓަކާ އެޗްޑީސީއާއި މާލެ ސިޓީ ކައުންސިލުން ފުލުހުންނާއި ގުޅިގެން އެކަން ކުރެވޭނެގޮތެއް ހޯދުމަށް އެދިފައިވާ ކަމަށެވެ.





މާލޭގެ މަގުތަކުގެ ކަންކަން މަތީގައި ހަލާކުވެފައި ހުންނަ ގޭތެރެެއިން ނެރޭ އެކި ސާމާނުތަކާއި، ކުނިވާ ޒާތުގެ ކުންޏާއި، ގަލާއި، ގާކުނޑި ބަހައްޓާ މައްސަލަ ބޮޑުވެފައިވާއިރު ޤަވާއިދާއި ޚިލާފަށް މަގުމައްޗަށް ކުނިއަޅާ މީހުންގެ ކުނި ނެގުމަކީ ރައްޔިތުންގެ ފައިސާގެ ބޮޑު ބައެއް ބޭކާރުވާ ކަމެއް ކަމަށެވެ.

"ގަވާޢިދާ ޚިލާފަށް ކުނިއަޅާ ފަރާތްތަކުގެ ކުނި މިގޮތަށް ނަގަންވީމަ ރައްޔިތުންގެ ފައިސާގެ ބޮޑުބައެއް ބޭކާރުވޭ." ޝިފާ ވިދާޅުވެފައި ވެއެވެ.

ޝިފާ ވިދާޅުވީ އެފަދަ ކުނިބުނި އުކާލުމަށް ވެމްކޯއަށް ރަޖިސްޓްރީނުކޮށް، މަގުތައް މަތީގައި ކުނި ބަހައްޓަމުން ދިޔަނަމަވެސް ވެމްކޯއިން އަންނަނީ އެ ކުނިތައް ނަގައި މާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ބުރަ މަސައްކަތެއް ކުރަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން