ވެންޓިލޭޓަރުތަކެއް ގަތުމަށް ހިންގި ޚިޔާނާތުގައި ސަރުކާރުން ބައިވެރިވެފައިވާކަމަށާއި، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާން އެދިވަޑައިނުގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑު ހިޔާނާތެއް ހިންގިކަން ފަޅާ އެރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންދަނީ އެމައްސަލަ ބަލައި ޝަރީއަތްކޮށް ބަޔަކަށް ފިޔަވަޅު ނާޅާތީއެވެ. އަދި އެމައްސަލައިގައި އެއްވެސް ފަރާތަކަށް ދައުވާ ނުކުރުމަށް ނިންމި ނިންމުމާއެކު ރައީސް ނަޝީދުގެ ރުޅިގަނޑު ވަނީ ފަޅައިގެން ގޮސް، ޕްރޮސެކިއުޓަރ ޖެނަރަލްގެ އިސްތިއުފާއަށްވެސް ގޮވާލައްވާފައެވެ.



ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން ވައްކަމުގައި ބައިވެރިވެފައިވާކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާން އެދިވަޑައި ނުގަންނަވާ ނޭދޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިކަންކަން ބަދަލުކުރަންޖެހޭކަމަށާއި، ރައްޔިތުންނާއެކީ އެމަނިކުފާނު ހުންނެވީ މިކަމުގައި ދޫދޭ ގޮތަކަށް ނޫންކަމަށެވެ.



ވެންޓިލޭޓަރު ގަތުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލައިގައި ރައީސް ނަޝީދުގެ އަނެއްކާވެސް ކަންބޮޑުވެގެން މިއުޅުއްވާން މިފެއްޓެވީ އެމައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ނުކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ވިދާޅުވުމާއި ގުޅިގެނެވެ. ޕީޖީ ވިދާޅުވީ އެމައްސަލަ ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތްކަމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ އެމައްސަލައިގައި ދައުވާ ނުކުރަން ނިންމުމުން، އެމަނިކުފާނު މަޤާމުން އިސްތިއުފާދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ. އަދި އޮންނަ އުސޫލުގެ ދަށުން އެކަން ކުރައްވާނެކަމަށާއި، ނަމަވެސް މަޤާމުގެ ގޮތުން ނުކުރެވޭނެ ކަމެއް ދުވަހަކުވެސް ނުކުރައްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


14

އަލީ

29-Mar-2021

ސީދާ ވޯޓަށް އަމާޒުކޮށް ޖަހާ ސްޓަންޓެއް!



ޓްރެންޑިން