ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު ފުލުހުންނަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ބަޔަކަށް ވެެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރަައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު އަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ ގުޅިގެން ފުލުހުންނަށް ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޞާލިހުގެ ވިދާޅުވީ، އައު ޤާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރެއްވި ހުވަޔާއެކު ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށާއި އަދި މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށްވެސް ފުލުހުން ވެގެންދާނެކަމަށެވެ.



ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް މިއަދު އަމަލުކުރަން ފެށިއިރު މިއީ ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް އެމް.ޑީ.ޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް އެކުލަވާލެވުނު ޤާނޫނެކެވެ. މިޤާނޫނުގެ ދަށުން ހުރިހާ ފުލުހުން ވަނީ މިއަދު މަޤާމުގެ ހުވާ އަލުން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން