ޅ.ހިންނަވަރު
ޅ.ހިންނަވަރު
ޅ. ހިންވަރުން ކޯވިޑްއަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިން އަށްލައިފިއެވެ.

އެޗްޕީއޭއިން ބުނީ ހިންނަވަރުން ކޯވިޑް ކޭސްއެއް ފެނުމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އެގޮތުން ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހުން ހޯދުމާއި ބައްޔަށް ޕޮޒިޓިވްވި ކޭސްއާގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ހިންނަވަރުން ޕޮޒިޓިވްވި މީހާއަކީ އެއްވެސް ކްލަސްޓާއަކާއި، ނުވަތަ ޕޮޒިޓިވް މީހަކާއި ދިމާވެފައިވާ މީހެއްކަން ދެނެގަނެވިފައި ނުވާކަމަށެވެ.

ހިންނަވަރުން ކޯވިޑްގެ ކޭހެއް ފެނިފައި މިވަނީ އެއަތޮޅު ނައިފަރާއި ފެލިވަރުންވެސް ކޯވިޑް ކޭސްތަކެއް ފެނިފައިވާ ދަނޑިވަޅެއްގައެވެ. ފެލިވަރުން މިހާތަނަށް ވަނީ 66 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެއެވެ. އަދ ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވި މީހަކާއި، އޭނާގެ ދެ އެހީތެރިންނާއި، އިތުރު ބަލިމީހެއްގެ އެހީތެރިއެއްވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން