ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މ. މުލީގައި ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ދޭންފަށައިފިއެވެ.

މި އޭޓީއެމް ސެންޓަރުގައި ގާއިމްކޮށްފައިވާ ދެ އޭޓީއެމް މެޝިން މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު ކަސްޓަމަރުންނަށް ބްރާންޗަށް ދާންނުޖެހި، ފަސޭހަ ކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެއެެވެ.

ބޭންކްގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ބޭންކުންވަނީ 10 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމުން ސެލްފް ސަރވިސް ބޭންކިން ހިދުމަތް ލިބޭނެހެން ބަދަލު ގެނެސްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 67 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 128 އޭޓީއެމް، އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބީއެމްއެލްގެ ޚިދުމަތް އަންނަނީ މުޅި ރާއްޖެއަށް ފޯރުކޮށްދެމުންނެވެ. މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާެއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭނުންކުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން