ޝައިޚް އިލްޔާސް ހުސައިން.
ޝައިޚް އިލްޔާސް ހުސައިން.
އިންތިޚާބާ ދިމާކޮށް މޮޅެތި ވާހަކަ ދައްކާ ގޭގެއަށް ގޮސް ކުނި ކަހައިދީ ތަންމަތި އަޅައިދީ ދަޅަދައްކާ މީހުންނަކަށް ރައްޔިތުން މިހާރަކު ނުހެއްލޭނެކަމަށް ދީނީ ޢިލްމްވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ކޮންމެ ކެމްޕޭނަކާއި ދިމާކޮށް ތިމަންނާއަކީ ރައްޔިތުންްގެ މީހެއްކަމަށް ދައްކަން، ގޭގެ ކުނިކަހައިދީ، އެނދު ތަންމަތި އަޅައިދޭން މީހުން ދާކަމަށެވެ. ނަމަވެސް މިފަދައިން ކަންކޮށް މޮޅެތި ވާހަކަ ދައްކައި އުޅޭ މީހުންނަކަށް މިހާރަކު ރައްޔިތުން ނުހެއްލޭނެކަމަށެވެ.

"ކޮންމެ ކެމްޕޭނަކާއި ދިމާކޮށް ތިމަންނާއަކީ ރައްޔިތުންްގެ މީހެއްކަމަށް ދައްކަން، ކޮރަޕްޝަނާއި ދެކޮޅު، ޑިމޮކްރަޓިކް މީހެއް ކަމުގެ ތާޖު އަޅަން ގޭގެ ކުނިކަހައިދީ، އެނދު ތަންމަތި އަޅައިދީ، މޮޅެތި ވާހަކަ ދައްކާ ދަޅަ ދައްކާ މީހުންނަކަށް މިހާރަކު ރައްޔިތުންނެއް ނުހެއްލޭނެ." އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ރައީސް ނަޝީދު ގޭގެއަށް ވަޑައިގެން ކުނި ކަހައިދީ، ފެންފޮތި ލައިދީ ފޮޅާ ސާފުކޮށްދިނުމުގެ އިތުރުން ކަންމަތީ ހޮޓާތަކަށް ވެދެވަޑައިގެން ސައިފޮދު ބައްލަވައި އުޅުއްވާ މަންޒަރުތައް މީސްމީޑިއާގައި މިދުވަސްވަރު ވަރަށް ގިނައިން ދައުރު ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. މިމަންޒަރު ތަކުގެ ތެރޭގައި އެމަނިކުފާނު ބާޒާރު މައްޗަށް ވަޑައިގެން އޮޑިދޯނިފަހަރުގައި ތިބޭ މީހުންގެ ހާލު ބެއްލެވުމާއި މަސްމާރުކޭޓަށް ވަޑައިގެން މަސް ބައްލަވައި ގަތުން ފަދަ ހަރަކާތްތައް ވެސް ހިމެނެއެވެ.

އިންތިހާބު ތަކުގެ ކެމްޕޭންގައި ކެންޑިޑޭޓުން ގޭގެއަށް ގޮސް ކުނިކަހައިދީ، އެނދު ތަންމަތި އަޅައިދީ، އެއްޗެހި ދޮވެދީ، ލަވަކިޔުމާއި އާދަޔާ ހިލާފު ހުނަރު ދައްކައިދިނުމަކީ މިހާރު އެކި ގައުމުތަކުގައި އާންމު ކަމެކެވެ. މިފަހަކުން އިންޑިޔާގައި އިންތިހާބަކާއި ދިމާކޮށް ކެމްޕޭނު ކުރުމުގައި ކެންޑިޑޭޓުން ނުކުމެ އާންމުންގެ އެއްޗެހި ދޮވެދީ، އާންމުންނަށް ކައްކައިދީ، އާންމުންގެ ބޯކޮށައިދޭ މަންޒަރުވެސް ފެނިގެންދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކިނބޫ

29-Mar-2021

ދުއާ ދެއްވި ކަލޭފާނު ކޮންތާކު އޮވެފަ? ނަޝީދެކޭ ކަލެއެކޭ މިލަ ޑރ. އެކޭ އެއްވެސް ތަފާތެއް ނެތް.


-3

ރޭވާ

29-Mar-2021

ކެރަފާ ނަޝީދަކީ ފެނުކައްކާ ބޮޔަކަވުރެވެސް ދެރަ އިންސާނެތް!


5

ކިއްލި

29-Mar-2021

އިލްޔާސް އަނެއްކާ ކިހިނެއްވީ ނަސީދުގެ ވެރިކަން ގެންނަން މަސައްކަތްކުރި އެންމެ ބޮޑު މީހާތީ


4

ީއަލްސޭކް ޓޫނާއޮޑި

29-Mar-2021

ކަންނެލި އޮޑި އަކަށް ދީން ވިއްކާ ސޭކުން ގެ ވާހަކަ އަށް ހެއްލޭ މީހުން ވެސް ވަރަށް މަދު ވެއްޖެ


-2

އ

29-Mar-2021

ކޮވިޑުތެރޭގަވެސްއެމނިކުރައްޔިތުމީހާކައިރިއަށްމާލޭބަދަރުމަތީހިގާމަސްވެރިމީހާގެހާލުބެލި އޭރުއިލިޔާސްކަލޭކޮބާކަލޭތިޔައުޅެނީވޯޓުއައީމާރައްޔިތުމީހާފެނިގެންދޯ



ޓްރެންޑިން