ގދ. ތިނަދޫ.
ގދ. ތިނަދޫ.
ގދ. ތިނަދޫއިން ކޯވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ތިނަދޫ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެ ރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

އެޗްޕީއޭއިން ބުނީ ތިނަދޫން ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތް ފެނިގެން ޓެސްޓު ކުރި ފަސް މީހުން ކަމަށެވެ. މިއާއެކު ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ކޭސްތައް ފެންނަމުންނެވެ. އެގޮތުން ރ. އުނގޫފާރު ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ކ. ހުރާ، ކ. ދިއްފުށި، ހދ. ކުޅުދުއްފުށި، ރ. ހުޅުދުއްފާރު، އަދި ޅ އަތޮޅުން ނައިފަރު، ފެލިވަރު އަދި ހިންނަވަރު މިވަގުތުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އަރައިފޭބުން މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން