ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ސަރުކާރުން ވައްކަން ކުރާކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވުމުން، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާކަމަށް ބުނެ ރައީސް އޮފީހުން މިރޭ ބަޔާނެއް ނެރެފިއެވެ.

އެނޫސްބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުސޫލުތައް ނަގަހައްޓައި، އެންމެހާ މީސްތަކުންގެ ހައްގުތަށް ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލާޒިމުކުރާކަމެއް ކަމަށެވެ. އެހެންކަމުން ދިވެހި ދައުލަތާ ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަން ކަމާއި މުސްތަގިއްލުކަމާއިއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށް ބަޔާނުގައިވެއެވެ.

ވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލައާއި ގުޅިގެން ރައީސް އޮފީހުން ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ސިއްހީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރުތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ހިންގި މުއާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް – މިނިސްޓްރީ އޮފް ހެލްތު" ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރުމަށް އަންގާފައި ކަމަށް ވެސް މިބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް އޮފީހުގެ ބަޔާނުގައި މި މައްސަލައާ ގުޅިގެން، ،ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ގާނޫނު އަސާސީން އެކަން މަތިކޮށްފައިވާ މުސްތަގިއްލު ކޮމިޝަން، "އެންޓި ކޮރަޕްޝަން ކޮމިޝަން" އިން ކަމަށާއި، އެ މުއައްސަސާއިން ކުރެއްވި ތަހުގީގަށް ބޭނުންވި އެންމެހައި މައުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން ކޮމިޝަނަށް ސަރުކާރުން ދީފައިވާ ކަމަށް ބުނެފައި ވެއެވެ.

"އަދި އެ ތަހްގީގު ހިނގަމުންދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއިއެކު މައްސަލަ ތަހްގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ މައްސަލައިގާ ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުއައްޒަފުން، ތަހްގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނެވެ." ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނު އަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަންކަމާއި، އަދުލުވެރިކަމާއިއެކު ދައުވާތައް ކުރުމަށް ފުރުސަތުދިނުމުގެ ގޮތުން ކަމަށް ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން މިފަދަ ބަޔާނެއް ނެރެފައިވަމިވަނީ ވެންޓިލޭޓަރުތަކެއް ގަތުމަށް ހިންގި ޚިޔާނާތުގައި ސަރުކާރުން ބައިވެރިވެފައިވާކަމަށާއި، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާން އެދިވަޑައިނުގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެމައްސަލައިގައި ޕީޖީ އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަޙްމަދް

29-Mar-2021

ވައްކަމޭ ކިޔައިގެން ކަންތަށް ދެގުނައަށް ބޮޑުކޮއްލައިގެން ވާހަކަ ދައްކަނީ ލާދިނިއްޔަތު ކަން ފޮރުވާވެށެވެ ތިޔައީ ލާދިނިއްޔަތު ކުރިއަރުވާ ވޯޓު ހޯދަން ކުޅޭ ސިޔާސީ މުޑުދާރުގޭމެވެ.


0

އައްޔު

29-Mar-2021

ތިޔައީ ދެބޯގެރި ދުއްވުން ދެން ރައްޔިތުން ބުނާނެ ރައީސް އިބޫއާއި ރައީސް ނަޝީދުގެ ގުޅުން ގޯހޭ ރައީސް ނަޝީދަކީ ވައްކަމާ ދެކޮޅުމީހެކޭ ދެން މުޅިން ގޯސިޕްކުރުން ކަމަކަށް އޮންނާނީ ތީ ސިޔާސީ ސްޓަންޓެއް


-4

ކާރިމް

29-Mar-2021

ތިނޫސް ބަޔާން ނެރުނުއިރު ރައީސް ސޯލިޙް ކީރިތި ކުރެއްވިތޯ..



ޓްރެންޑިން