ރ. އަލިފުށި.
ރ. އަލިފުށި.
ރ. އަލިފުށިން ކޯވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިން އަށްލައިފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށި ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެ ރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް ވެސް އެޗްޕީއެން ބުނެފައި ވެއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފުށިން ޕޮޒިޓިވްވެފައިވަނީ ދެ އަހަރު ނުވާ ތުއްތު ކުއްޖެވެ. އެތުއްތު ކުއްޖާ މި މަހުގެ 14 ވަނަ ދުވަހު އުނގޫފާރަށް ގޮސްފައިވުމުން މިކޭސް އަކީ އުނގޫފާރު ކްލަސްޓާއާ ގުޅޭ ކޭސް އެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތަކުގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19ގެ ޕޮސިޓިވް ކޭސްތައް ފެންނަމުންނެވެ. އެގޮތުން ރ. އުނގޫފާރު ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ކ. ހުރާ، ކ. ދިއްފުށި، ހދ. ކުޅުދުއްފުށި، ރ. ހުޅުދުއްފާރު، އަދި ޅ އަތޮޅުން ނައިފަރު، ފެލިވަރު އަދި ހިންނަވަރުގެ އިތުރުން، ގދ. ތިނަދޫ މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން