އަންނަ މެއިމަހާއި ޖޫންމަހު ބޭއްވުމަށް ހަމަޖެއްސި އޭލެވެލް އިމްތިޙާނު ކުރިއަށް އޮތް އޭޕްރީލްމަހު ބޭއްވުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ހަދާ އޭލެވެލް އަދި އޭ.އެސް ލެވެލް އިމްތިޙާނުތަކުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވާކަމަށެވެ. އަދި މިހާރު އެއިމްތިޙާނު ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 26 ވަނަ ދުވަހުކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނާ ކުރިން މަޝްވަރާކުރުމެއްނެތި އެޑެކްސެލް އިން ގެނައި ބަދަލެއްކަމަށެވެ. އަދި ކުރިން ތާވަލްކުރި ތަރީޚަށް އިމްތިޙާނު ބޭއްވުމަށް އެޑެކްސަލްއާއެކު ކުރި މަޝްވަރާތަކަށް އަލިމަގެއް ފެނިފައިނުވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަނުން ބުނީ އޭލެވެލް ބާއްވާ ތާރީޚަށް ބަދަލު ގެނައުމާއި ގުޅިގެން އެޗްއެސްސީ އިމްތިޙާނު އޮންނާނީ އޭލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާން ނިމޭތާ އެއްމަސް ފަހުންނެވެ.

ކުރިން އޭލެވެލް އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މެއި މަހުގެ 5ވަނަ ދުވަހުން ޖޫން މަހުގެ 17 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން