އަހުމަދު މަސްނޫމް   28 މާރިޗު 2021 - 12:40
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝިޔާން ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ހުން އައިސްގެން ޓެސްޓްކުރުމުންކަމަށެވެ. ​ނަމަވެސް ހާލު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި ކަރަންޓީނުގައިކަމަށްވެސް ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާ ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހާއްސަ ހުއްދައިގެ ދަށުން ތޮއްޑޫގެ އާއިންޖީނުގޭގެ ބިންގާ އެޅުމަށް އެރަށަށް ވަޑައިގެންފައެވެ.

ޝިޔާން ކޯވިޑަށް ޕޮޒިޓިވްވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވި މެމްބަރުންގެ އަދަދު 3 އަށް އެރީއެވެ. ކޯވިޑްއަށް ޕޮޒިޓިވްވި އަނެއް ދެ މެމްބަރުންނަކީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން