އުތުރުގެ ރަށެށްގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް މިފަހަރުވީ 13 އަހަރުގެ އަންހެން ކުއްޖެކެވެ. މިމައްސަލަ ޖެންޑާ މިނިސްޓްރީއާއި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަން އެ ދެ މުއައްސަސާއިން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ އެ ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައިކަން ކަށަވަރުކޮށްފައެވެ.

13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއްވެސް ވަނީ މިދިޔަ ހަފްތާގައި ފެންމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު