ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް.
ހަމައެކަނި ގަވާއިދުން އިލެކްޝަންތަކެއް ބާއްވައިގެން ޑިމޮކްރަސީ ކުރި ނޭރުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ހަމައެކަނި ގަވާއިދުން އިލެކްޝަންތަކެއް ބާއްވައި، މަގާމްތަކަކަށް ބަޔަކު އައްޔަނު ކުރުމުގެ އިތުރުން، ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމަށް، ހަރުދަނާ ވަރުގަދަ ތަނބުތަކެއްގެ ބޭނުން ޖެހޭނެކަމަށެވެ. އަދި ޑިމޮކްރަސީ ވަރުގަދަކޮށް ދަމަހައްޓަން މަސައްކަތްކުރާ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަކީ ހީނުކުރެވޭފަދަ ގެއްލުން ތަކެއް ލިބިގެންދާނެ ކަމެއްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"ހަމައެކަނި ގަވާއިދުން އިލެކްޝަންތަކެއް ބާއްވައި، މަގާމްތަކަކަށް ބަޔަކު އައްޔަނު ކުރުމުގެ އިތުރުން، ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމަށް، ހަރުދަނާ ވަރުގަދަ ތަނބުތަކެއްގެ ބޭނުން ޖެހޭނެ. ޑިމޮކްރަސީ ވަރުގަދަކޮށް ދަމަހައްޓަން މަސައްކަތްކުރާ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަކީ ހީނުކުރެވޭފަދަ ގެއްލުން ތަކެއް ލިބިގެންދާނެ ކަމެއް." ޝަރީފް ވިދާޅުވެފައިވެއެވެ.



ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރު ބޭއްވުމަށް މަސައްކަތްކުރި ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިޚާބު ޚާއްސަ ޤާނޫނެއްގެ ދަށުން ފަސްކުރި އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރާއިރު، އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން