ރާއްޖޭގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު.
ރާއްޖޭގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު.
ވައްކަމާއި ކޮރަޕްޝަން އާންމުވީމާ ސަރުކާރު ވަކި ބަޔަކަށްވީ ކީއްވެތޯ ވިދާޅުވެ ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

ޖަމީލް މިފަދައިން ސުވާލު އުފައްދަވާފައިވަނީ ވައްކަންކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ރައްޔިތުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއިއެކުއެވެ.

ރައީސް ނަޝީދަށް ރައްދުދެއްވައި ޑރ. ޖަމީލް ވިދާޅުވީ، ރިޔާސީ ޓިކެޓް ހޯދައި މަޖިލިސް ހޯދީ، ވަޢުދުފުއްދަން އެމްޑީޕީއަށް މެޖޯރިޓީ ދޭން ގޮވައިގެން ކަމަށެވެ. ނަމަވެސް ވައްކަމާއި ކޮރަޕްޝަން ޢާންމުވީމާ ސަރުކާރު ވަކި ބަޔަކަށްވީ ކީއްވެތޯ ވިދާޅުވެ ޑރ. ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

"‏ދިވެހިން ތިބީ ހޭލައި. ރިޔާސީ ޓިކެޓް ހޯދީ އެމްޑީޕީއަކީ ބޮޑު ޕާޓީއޭ ކިޔައިގެން. މަޖިލިސް ހޯދީ، ވަޢުދުފުއްދަން އެމްޑީޕީއަށް މެޖޯރިޓީ ދޭން ގޮވަމުން. ވައްކަމާއި ކޮރަޕްޝަން ޢާންމުވީމާ ސަރުކާރު ވަކި ބަޔަކަށްވީ ކީއްވެ؟ މިހެންވީމަ ވެރިކަމަށް އެމްޑީޕީ ކަމުނުދާކަން ޔަގީންވަނީ." ޖަމީލް ވިދާޅުވިއެވެ.



ވައްކަންކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ރައްޔިތުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން ވެންޓިލޭޓަރުތަކެއް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިކަން ސާބިތުވެ، ނަމަވެސް އެ މައްސަލައިގައި ދައުވާ ނުކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ނިންމެވުމާއި ގުޅިގެންނެވެ.

ކޯވިޑާއި ގުޅިގެން ސަރުކާރުން ވެންޓިލޭޓަރުތަކެއް ހޯދުމަށްކުރި މަސައްކަތުގައި ބޭރުގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް، މިހާތަނަށް ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ. މިމައްސަލައިގައި މީގެކުރިންވެސް އޭސީސީގެ ތަހުގީގު ތަކަށް ބުރަވެ ދައުވާ ނުކުރުމަށް ޕީޖީ ވަނި ނިންމަވައިފައެވެ. ނަމަވެސް ޕީޖީގެ ނިންމެވުން އަލުން މުރާޖަޢާ ކުރުމަށް މަޖިލީހުން އެންގުމުން، އަނެއްކާވެސް އެމައްސަލަ ދިރާސާކުރުމަށްފަހު ޕީޖީ ނިންމެވީ ދައުވާ ނުކުރުމަށެވެ.

މިމައްސަލައާއި ގުޅިގެން ޕީޖީގެ އިތުރުން، އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމަށް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން