އެންޓި  ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ މެންބަރުން މަގާމުން ވަކިކުރުމަށް ނުފެންނަ ކަމަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އެގޮތަށް ނިއްމީ މިއަދު މެންދުރު ކުރީގައި ބޭއްވި ބައްދަލުވުމުގައެވެ. އޭސީސީގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓުނަގައި އެ މެންބަރުން މަޤާމުން ވަކިކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލާގައި ދައުވާނުކުރަން ޕީޖީން ވަނީ ނިއްމާފައެވެ. އެމައްސަލައިގައި ޕީޖީ އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. ޕީޖީ އޮފީހުން ބުނީ ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި ޖިނާއީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތް ކަމަށާއި، އެމައްސަލައިގައި ދައުވާ ނުކުރީ އެހެންވެގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު