އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި އަލީ ރަޝީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ކޮމިޝަަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަލީ ރަޝީދު އައްޔަންކުރެއްވިކަން ހާމަކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ. އަދި އޭނާކީ އެސިސްޓަންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމު 11 އަހަރު ވަންދެން ފުރުއްވި ބޭފުޅެއްކަން ހަމީދު ފާހަގަކުރެއްވިއެވެ.



ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަލީ ރަޝީދު އައްޔަންކުރައްވާފައިވާއިރު، ފުލުހުންގެ އައު ޤާނޫނުގެ ދަށުން އިތުރު އޮފިސަރުންތަކަކަށްވެސް މަޤާމުގެ ކުރިއެރުން ދެއްވިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން