ރައީސް މުޙައްމަދު ނަޝީދު (ކ) ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން (ވ
ރައީސް މުޙައްމަދު ނަޝީދު (ކ) ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން (ވ
އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް  ރައްދު ދެއްވައިފިއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމެވުމާއި ގުޅިގެން އެމްޑީޕީގެ ރައީސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވަނީ މިއީ ވައްކަން ކުރާ ސަރުކާރެއްކަމަށް ވިދާޅުވެ މި ސަރުކާރުގައި އެމްޑީޕީ އޮތުމަށް ބޭނުންނުވާ ކަން ހާމަކުރައްވާފައެވެ.

އެކަމާ ގުޅިގެން ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށެވެ.

https://twitter.com/Akramkdeen/status/1376032189939216396?s=19

އަކްރަމްގެ ޓުވީޓްގައި ވަކި ބޭފުޅެއްގެ ނަމެއް ނުގެންނަވައެވެ. އެހެން ނަމަވެސް އަކްރަމް ރައްދުދެއްވީ ރައީސް ނަޝީދަށް ކަމަށް ބެލެވެއެވެ. އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން އަކީ ދުނިޔޭގެ އެންމެ ޚުދުމުހުތާރުކޮށް ވެރިކަން ކުރާ ލީޑަރުގެ ގޮތުގެ ދުނިޔެ ސިފަކުރައްވާ ބޭފުޅެކެވެ.

އުތުރު ކޮރެއާއާއި އަޅާކިއުއްވާ އަކްރަމް ފާޑުވިދާޅުވިއިރު، އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ގެންގުޅުއްވާ ބައެއް ސިޔާސަތުތަކަށް އެޕާޓިގެ ބައެއް މެންބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން