ރާއްޖޭގެ މިނިވަންކަމަށްޓަކައި މުޅި ޚަޔާތް ޖަލުގައި ހޭދަކުރެއްވި މީހެއް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، ސިފަ ކުރައްވާފައިވަނީ ވަރަށް ހަޔާތްކުޑަކޮށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ދޮންބިލެއް ވިދާޅުވެއްޖެއެވެ.

ދޮންބިލެއް މިހެން ވިދާޅުވީ ނޯތު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް އަމާޒުކޮށް އަކްރަމް ކަމާލުއްދީން، ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ. އަކްރަމް ކުރެއްވީ "ވަރަށް ހަޔާތްކުޑަ ޓްވީޓެއް" ކަމަށް ސިފަ ކުރަށްވަމުން ދޮންބިލެއް ވަނީ ރައީސް ނަޝީދަކީ ރާއްޖޭގެ މިނިވަންކަމަށް ނުހަނު ބޮޑު ގުރުބާނީއެއް ވެވަޑައިގެންފައިވާ ބޭފުޅަކަށްވާއިރު، މިފަދަ ޓްވީޓެއް ރައީސް ނަޝީދަށް އަމާޒުކޮށް ކުރެއްވުމަކީ ވަރަށް ލަދު ހަޔާތް ކުޑަ ކަމެއްކަމަށް ވިދާޅުވެފައެވެ.

"ވަރަށް ހަޔާތްކުޑަ ޓްވީޓް. މުޅި މީހާގެ ހަޔާތެއް މިޤައުމުގައި މިނިވަންކަން ހޯދަން ޖަލުގައި ވޭތުކުރި މީހެއް ސިފަކުރައްވާފަ އޮތްގޮތަކީ ވަރަށް ހަޔާތްކުޑަ ގޮތެއް." ދޮންބިލެއް ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމެވުމާއި ގުޅިގެން އެމްޑީީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދި ފައިވާއިރު މިމައްސަލައިގައި ރައީސް ނަޝިދު ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝިދުގެ ވާހަކަފުޅުތަކާއި ގުޅޭގޮތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށެވެ. އަކްރަމް މިހެން ވިދާޅުވެފައިވާއިރު، އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން އަކީ ދުނިޔޭގެ އެންމެ ޚުދުމުހުތާރުކޮށް ވެރިކަން ކުރާ ލީޑަރުގެ ގޮތުގައި ދުނިޔެ ސިފަކުރާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޖޯރޭ

29-Mar-2021

ކަލޯ ތެޔޮބިޑިއަށް ކުރުނީސް ކުރިއަކަސް ބުއްދި ހަމަޖެހޭ މީހަކު ނުކުރާނެ.



ޓްރެންޑިން