ކާނި ހޮޓެލްސް
ކާނި ހޮޓެލްސް
މި މަހު ރާއްޖެއަށް ޒިޔާރަތް ކުރި އެއް ލައްކަ ޓޫރިސްޓުންގެ ތެރެއިން އެއް ތަނަކަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރިތަނަކަށް ކާނި ހޮޓާ ވެއްޖެއެވެ.

ރާއްޖޭގައި މިވަގުތު 148 ރިސޯޓާއި 340 ގެސްޓްހައުސް އަދި 137 ސަފާރީ އޮޕަރޭޝަންގައި އޮތް އިރު މިމަހު އައި އެއް ލައްކަ ޓޫރިސްޓުންގެ ތެރެއިން 1،957 ފަތުރުވެރިން އައިސްފައިވަނީ ކާނި ހޮޓެލްސް އަށެވެ.



މިއީ ކާނި އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއްގޮތުގައި ފާހަގަކޮށް ކާނި ހޮޓެލްސް އިން ބުނީ، ކުރި އަށް އޮތްތަނުގައި ވެސް އެ ކުންފުނީގެ ގެސްޓްހައުސްތަކުގެ ބުކިންތައް އިތުރުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.



"ކުރިއަށް އޮތް މަހު ވެސް އޮކިއުޕެންސީ 75 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް އުންމީދު ކުރެވޭ." ކާނި ހޮޓެލްސް އިން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

ޔޫރަޕުގައި އޮފީސް ހުޅުވައިގެން ރާއްޖެ އަށް ޓޫރިސްޓުން ގެންނަ ކާނި ހޮޓެލްސްއަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއްކުންފުނި ކަން ފާހަގަކޮށްލެވެއެވެ. އެ ކުންފުނިން 211 ކޮޓަރި ހިންގަމުންދިޔަ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި ވަގުތު އޮޕަރޭޓް ކުރަމުން ގެންދަނީ 180 ކޮޓަރި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން