ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ފަސް މަޝްރޫޢުއެއް ސަރުކާރުން މިއަދު އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި 66.17 މިލއަން ރުފިޔާގެ ގޮނޑުދޮށް ހިމާ ޔަތް ކުރުމުގެ މަޝްރޫޢެއް މ. މުލަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މުލަކުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުގެ ދަށުން 90.411 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. މި މަޝްރޫޢު އަކީ 105 ދުވަހުގެތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.



މީގެއިތުރުން ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހިންގުމާއި ވެސް އެމްޓީސީސީ އާއި މިއަދު ހަވާލުކުރެވުނެވެ. 16.9 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނޭނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. މި މަޝްރޫޢުއަކީ 105 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އީ.އައި.އޭގެ މަސައްކަތް އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީ އިން ލަފާކޮށްފައިވެއެވެ.

މިއަދު ސޮއިކުރި ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 96.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނޭއިރު، 180 ދުވަހުގެތެރޭ މިމަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މީގެއިތުރުން ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 13.10 މިލިއަން ރުފިޔާގެ މަޝްރޫޢުއެއްގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މި މަޝްރޫޢުއަކީ 150 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއްކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހިންގުމާއި ވެސް އެމްޓީސީސީ އާއި މިއަދު ހަވާލުކުރެވުނެވެ. 68.11 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނޭއިރު، މިމަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ.

މިމަޝްރޫޢުތައް ޙަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ. އާދަމް އާޒިމެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން