ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް.
ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް، އެދެސިޓީގެ ރައްޔިތުންގެ ހާލު ބައްލަވާލައިފިކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށާއި، ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، ރައީސް ވަނީ އައްޑޫސިޓީގެ މޭޔަރ ޢަބްދު ﷲ ސޯދިޤާއި، ފުވައްމުލަކު ސިޓީގެ މޭޔަރ ޢަބްދު ﷲ ފަލާޙް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖްލިސް މެންބަރުންނާވެސް ވަކި ވަކިން މިރޭ ފޯނުން ގުޅުއްވައި، އެ ދެ ސިިޓީގެ އެންމެ ފަހުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ޙައްލުކޮށްދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުގަދަވެ، ބާނިތައް ބޮޑުވުމުގެ ސަބަބުން ގިނަ ރަށްރަށަށް އުދައަރައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނޑުމަތީގެ އެކި ހާދިސާ ހިނގައިފައިވެއެވެ. މީގެއިތުރުން ހަމަމިވިއްސާރައިގައި، ވައިގަދަވެ، ގަސްތައް މުލުން ލުހި، ގޭގޭގެ ފުރާޅު ވިއްސައިގެން ދިއުން ފަދަ ހާދިސާތައްވެސް އެކި ރަށްރަށުގައި ކުރިމަތިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން