ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯއާ ދެމެދު ރަސްމީކޮށް ގުޅުން ޤާއިމްކޮށްފިއެވެ.

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯއާ ދެމެދު ރަސްމީކޮށް ގުޅުން ޤާއިމްކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައެވެ.

ދެޤައުމުގެ މެދުގައި ގުޅުން ޤާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިންއެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގ މޮންޔާނޭއެވެ.



ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެޤައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާއެކު ދެޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެކަމަށެވެ. އެފްރިކާ ބައްރުގައި އޮންނަ ލެސޯތޯއަކީ 2.12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން