ތަހްޤީޤީ އިދާރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ރައްދުދީ ޗެލެންޖްކުރުމަކީ ޕްރޮފެޝަނަލް ކަމެއް ނޫންކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް، އޭސީސީއަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާފައިވާކަމަށް ބުނެ އޭސީސީން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ޕީޖީން ވަނީ މައްސަލައިގައި ދަޢުވާ ކުރެވޭ ވަރަށް އުންސުރު ފުރިހަމަވެފައި ނެތް ކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމާ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

އެ ނިންމެވުމާއި ގުޅިގެން އޭސީސީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭސީސީގެ ރައީސް މަރްޔަމް ޝިޢުނާ ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެ ޕްރޮސިކިއުޓަރ ޖެނެރަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިމައްސަލައާއި ގުޅިގެން އޭސީސީން ޕީޖީއަށް ފޮނުވި މައްސަލަތައް ސާބިތުކުރުމަށް، އެކަމުގެ މަންފާ ލިބިފައިހުރީ ކޮން ބަޔަކަށްކަމާއި ކޮރަޕްޝަންގެ ފައިސާ ހުރިތަން އެނގުން މަޖުބޫރު ނޫންކަމަށްވެސް ޝިޢުނާ ވިދާޅުވިއެވެ.

އޭސީސީގެ އެވާހަކަތަކަށް ޕީޖީން ވަނީ ރައްދުވެސް ދީފައެވެ. ޕީޖީން ބުނީ، ޖިނާޢީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމުމަކީ ޤާނޫނު އަސާސީން އެ އޮފީހަށް ލިބިދީފައިވާ ބާރެއްކަމަށެވެ. އަދި އޭސީސީގެ ޒިންމާއަކީ މައްސަލަ ތަހުގީގްކޮށް ހެކި ފޮނުވުންކަމަށާ ދައުވާކުރުމާމެދު ގޮތެއް ނިންމާނީ އެ އޮފީހުންކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

އޭސީސީގެ އެ ވާހަކަތަކަށް އިޝާރާތްކުރައްވާ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވީ، ތަޙްޤީޤީ އިދާރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ރައްދުދީ، ޗެލެންޖްކުރުމަކީ ވަރަށް "އަންޕްރޮފެޝަނަލް" ކަމެއްކަމަށެވެ. ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމަށް އަމުރުކުރުމާއި، ތަޙްޤީޤާ ގުޅޭގޮތުން ބަސްބުނުމުގެ ބާރު ލިބިދީފައިވާ ފަރާތަކީ ޕީޖީއަށް ކަމަށްވެސް ޙައިލަމް ވިދާޅުވިއެވެ.

"ވަރަށް ރަނގަޅު ވާހަކަފުޅެއް. ތަޙްޤީޤީ އިދާރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ރައްދު ދީ، ޗެލެންޖްކުރުމަކީ ވަރަށް އަންޕްރޮފެޝަނަލް ކަމެއް. ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމަށް އަމުރުކުރުމާއި، ތަޙްޤީޤާ ގުޅޭގޮތުން ބަސްބުނުމުގެ ބާރު ލިބިދީފައިވާ ފަރާތަކީ ޕީޖީ." ހައިލަމް ވިދާޅުވިއެވެ.

ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލާގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދާވެސް ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އެގޮތުން އެމައްސަލަ ނުބަލާން ޕީޖީން ނިންމުމުން ރައީސް ނަޝީދު ވަނީ ޕީޖީގެ އިސްތިއުފާއަށް ވެސް ގޮވާލައްވާފައެވެ. އަދި ސަރުކާރުން ވައްކަން ތަކުގައި ބައިވެރިވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ސިފަކުރަށްވާފައެވެ.



ޕީޖީން ބުނެފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ނިންމުމާއި މެދު އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާއިފައިވާކަމަށެވެ. އެގޮތުން މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޕީޖީން ވަނީ ނިންމާފައެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން