ނޭޝަނަލް ޑްރަގް އޭޖެންސީ، އެންޑީއޭ އިސްލާހުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުއްވައިފިއެވެ.

ރާއްޖޭގެ އަމިއްލަ ޖަމުޢިއްޔާއަކުން އިސްނަގައިގެން ތައްޔާރުކުރި މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމެވެ. މިޕެޓިޝަންގައި 1050 ފަރާތަކުން ވަނީ ސޮއިކޮށްފައެވެ.

މިޕެޓިޝަން މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ މިޕެޓިޝަން ދިރާސާކުރުމަށް ޕެޓިޝަން ކޮމިޓީއަށް ފޮނުވާފައެވެ. އަދި ވީ އެންމެ އަވަހަކަށް މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.



މި ޕެޓިޝަންގައި ބުނަނީ މަސްތުވާތަކެތީގެ އަނދަވަޅުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް، އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް ކުރަންޖެހޭ ކަމަކީ އެންޑީއޭ މި ޒަމާނާއި އެއްގޮތަށް އަލުން ބަދަލުކުރުންކަމަށެވެ. އެއަށްފަހު އެތަނުގެ މަޤާމުތަކަށް ގާބިލް ތަޖުރިބާކާރުން އައްޔަންކޮށް އެންޑީއޭގެ ޚިދުމަތްތައް ލާމަރުކަޒުކުރުމަށްވެސް ޕެޓިޝަންގައި ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން