އަހުމަދު މަސްނޫމް   30 މާރިޗު 2021 - 16:17
ގއ.އަތޮޅުން ބަންޑުން ޖަހާލި ލޯންޗު
ގއ.އަތޮޅުން ބަންޑުން ޖަހާލި ލޯންޗު
ގއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލާފައިވަނީ ގއ. އަތޮޅު ޕާކް ހަޔަޓް މޯލްޑިވްސް ރިސޯޓުގެ ބޭރު ޖެޓީ ފައްތިޔަލުގައި އަޅާފައިވާ އޮތް ލޯންޗެއްކަމަށެވެ. އަދި ލޯންޗު ބަންޑުން ޖަހާލި ސަރަޙައްދަށް އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 9:58 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާއިރު، އިއްޔެ ވަނީ 10 ހާސް ލީޓަރުގެ ޑީސަލާއެކު ދަތުރުކުރި ބޯޓެއްވެސް އަޑިއަށް ގޮސްފައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން