ލައިސަންސުނެތި ވެހިކަލް ދުއްވާ މީހުންގެ ޖޫރިމަނާ މަޢާފްކޮށް ދައުލަތަށް ލާރި ލިބޭނެ މަސައްކަތެއް ކުރަން ޖެއްސުމަށް އަމާޒުކުރާ ގަވާއިދުން ދޭހަވަނީ މަހުޖަނުންގެ ޖޫރިމަނާ މަޢާފްވެއްޖެނަމަވެސް ކާނު ސާފުކުރަންޖެހޭ އުސޫލެއް އޮތުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި މެމްބަރުން ވަނީ ލައިސަންސްނެތި ކޮށްފައިވާ ޖޫރިމަނާ މަޢާފްކޮށް، 10،000 ރުފިޔާއިން މަތިވަނަމަ މުޖުތަމައުގެ ކޮންމެވެސް މަސައްކަތެއް އެމީހަކު ލައްވައި ކޮށްގެން ދައުލަތަށް ފައިސާ ލިބޭނެ ގޮތެއް ހޯދުމަށް ވާހަކަ ދައްކަވާފައެވެ.

އަދި ދައުލަތަށް ފައިސާ ނުދައްކަވާ ބޮޑެތި މަހުޖަނުންވެސް ދައްކަވަންޖެހޭ ފައިސާ ނުދެއްކެވި މަޢާފް ކުރާ ހިސާބަށް ދިއުމުން އެމީހުންނަށްވެސް މިއުސޫލުން މަސައްކަތްތަކެއް ހަވާލުކޮށް ދައުލަތަށް ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސަންޖެހޭކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މެންބަރުންގެ ވާހަކަތަކާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުންގެ ވާހަކަތަކުން ދައުލަތަށް ނުލިބޭ ފައިސާ ހޯދުމުގައި މަހުޖަނުންވެސް އަޅިކުލައިގެ ހެދުން ލައިގެން މަގުމަތީގައި ކާނު ސާފުކުރަން ޖެއްސުމަކީ މެމްބަރުންގެ ވާހަތަކަތަކުން ސާފުވާ އެންމެ ބޮޑު އެއްކަންތައްކަމަށެވެ.

"އަޅުގަނޑަށް މިފާހަގަ ކުރެވެނީ މަހުޖަނުން ޖޫރިމަނާ މަޢާފްވީމާ އެބޭފުޅުންވެސް އަޅިކުލައިގެ ހެނދުން އަޅުއްވައިގެން ނަންބަރު ޖައްސަވައިގެން ކާނު ސާފުކުރަން ތިއްބަވާ އުސޫލޭ ތިޔަ ތަޢާރަފްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ޖޫރިމަނާގެ ޢަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް ބުނެފައި ވެއެވެ. އަދި އެއުސޫލުގައި ހިމަނާނެ ކަންކަން ވެސް ހަސަން ހުށައަޅުއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން