އައްޑޫއަށް ކުރި ވިއްސާރައިގައި ގެއަކަށް ގެއްލުންވެފައި
އައްޑޫއަށް ކުރި ވިއްސާރައިގައި ގެއަކަށް ގެއްލުންވެފައި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީން ސަރުކާރަށް ގޮވާލައިފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީން މިއަދު ބުނީ، ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އައްޑޫ ސިޓީ ރައްޔިތުން އިތުރަށް ބިކަވެ ހާލުގައި ޖެހިފައިވާ ކަމަށެވެ. ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް އައްޑޫ ސިޓީއަށް ލިބުނު މިވަގުތަކީ ސަންގްރިއްލާ ރިސޮޓުވެސް ބަންދުކޮށްފައި އޮތުމުން ގިނަ ޒުވާނުންތަކެއްގެ ވަޒީފާ ގެއްލިފައިވާ ވަގުތަކަށްވާތީ މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އައްޑޫ ޑިވޮލްޕްމަންޓް ކޮމެޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އިއްޔެ ހަވީރުއްސުރެ އައްޑޫއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ މަރަދޫ ފޭދޫގެ ގެތަކަށެވެ. އެ ރަށުގެ 50 ގެއަކަށް ގެއްލުންވެފައިވާއިރު ތިން ގެއެއްގެ ފާރު ވަނީ ވެއްޓިފައެވެ. އަދި 41 ގެއެއްގައި ފެންބޮޑުވެފައިވާއިރު ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި ދެ ގެއެއްގެ ފެން ތާނގީ ފަޅައިގެން ދިޔަ ކަމަށް ސިޓީކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ހިތަދޫން 14 ގެއެއް، މަރުދޫން 20 ގެއަކާއި މީދޫން އަށް ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ފޭދޫން 12 ގެއަކަށް ގެއްލުން ވެފައިވާއިރު ތިން ގެއެއްގައި މިވަގުތު ދިރި ނޫޅެވޭ ވަރަށް ގެއްލުންވެފައި ވެއެވެ.

ވިއްސާރައިގައި އައްޑޫސިޓީއަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވަނީ އައްޑޫ ސިޓީގެ ރައްޔިތުން ހާލުު ބައްލަވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި ފޯނުން ގުޅުއްވައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ހައްލުކޮށްދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން