އަހުމަދު މަސްނޫމް   30 މާރިޗު 2021 - 17:17
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާދަމާއިން ފެށިގެން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާނެކަމަށެވެ. އަދި އަންނަމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދާނެކަމަށާއި، އިލެކްޝަންސް ކޮމިޝަނުން މިއަދު ލިސްޓުގައި ސޮއިކުރާނެކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސުން މައުލޫމާތުދޭ ގޮތުގައި ވޯޓާސް ލިސްޓްގައި ސޮއިކުރުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދާނީ މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށްކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެނޑިޑޭޓަށް ލިސްޓުގައި ސޮއިކުރުމަށް ވަޑައިނުގެންނެވޭނަމަ ކެނޑިޑޭޓަކު ކަނޑައަޅާ އެހެން މީހަކަށް ލިސްޓުގައި ސޮއިކުރެވޭނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަމަހުގެ 10 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އިންތިޚާބުގެ އެންމެފަހުގެ ތައްޔާރީތައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން